ހައިޟުވުމުން ޗުއްޓީ ދޭން ޖެހޭ ގޮތައް ވަޒީފާއާ ބެހޭ ގާނޫނަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހަށް ތާއީދެއް ނުލިބުނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސިރާޖު ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ މުއައްޒަފަކު ހައިޟުވުމާ ގުޅިގެން ދެވޭ ޗުއްޓީއެއް ގޮތުގައި މަހު  މުސާރަ ލިބޭ ގޮތައް އިތުރު އެއް ދުވަހުގެ ޗުއްޓީއެއް ދޭން ޖެހެ އެވެ. އަދި ޗުއްޓީ ހައްގުކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހު ފަސް ކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގައި ވޯޓަށް އެހުމުން މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ އެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *