މިދިޔަ ހުކުރު ދުވަހު މާލޭގައި ސައިކަލު ބުރު ބާއްވައި، ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ހިލާފުވި ކަމަށް ބުނެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޖޫރިމަނާ ކޮށްފި އެވެ.

އަދުރޭ ޖޫރިމަނާ ކޮށްފައި ވަނީ 1000 ރުފިޔާ ދެއްކުމަށެވެ. އޭނާ ޖޫރިމަނާ ކުރީ ގައިދުރުކަމެއް ބެހެއްޓުމެއް ނެތި ސައިކަލު ދުއްވާފައިވާތީ އެވެ. އެހެން ނަމަވެސް ފުލުހުންގެ އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

އިދިކޮޅުން ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފުވި މައްސަލާގައި ޕީއެންސީގެ ނައިބު ރައީސް ސުޖާއު އިސްމާއިލް ވެސް ވަނީ 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ. މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ފުލުހަށް ހާޒިރުކޮށް ވަނީ އެ މައްސަލާގައި ސުވާލުކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.