ކޮރަޕްޓް މީހެއްގެ ގޮތުގައި ލޭބަލް ކުރުމަށް ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އޭނާއަކީ އަމާނާތްތެރި މީހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

އެކި މަޝްރޫއުތަކާ ގުޅިގެން އަމީރަށް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުކުރެއެވެ. ނަމަވެސް އެފަދަ ހުރިހާ ތުހުމަތަކަށް އަބަދުވެސް އަމީރު އިންކާރު ކުރައްވާފައެވެ. 

ރޭ ރާއްޖެޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވެސް މިނިސްޓަރު އަމީރު ވަނީ އެ ވާހަކަ ތަކުރާރު ކުރައްވާފައެވެ. އަމީރު ވިދާޅުވީ އޭނާ ދަންނަ ކޮންމެ މީހަކަށް ވެސް އޭނާއަކީ ވައްކަން ނުކުރާނެ މީހެއްކަން އެނގޭނެ ކަމަށެވެ. 

އަމީރަކީ މިދިޔަ ސަރުކާރުގައި ހިނގާދިޔަ ކޮރަޕްޝަންތަކާއި ޗައިނާއިން ނަގަމުންދިޔަ ލޯނުތަކާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަތައް ދެއްކެވި ބޭފުޅެކެވެ. 

އަމީރު ވިދާޅުވީ އަދާ ކުރައްވާ ވަޒީފާއަށް ދައުލަތުން ލިބޭ މުސާރައިގެ އިތުރުން އެހެން އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށާއި ދައުލަތުގެ އެހެން ލާރިއެއްގައި ޖެހިފައިނުވާނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.