ޖޫރިމަނާގެ ފައިސާ ދައްކާފައިނުވާތީ އިލެކްޝަން ކޮމިޝަނުން ޑީއާރްޕީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ޑީއާރްޕީއަށް ދައުވާކޮށްފައިވަނީ ދެ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކާފައިނުވާތީ އެ ހޯދުމަށެވެ. 

ޑީއާރްޕީ ވަނީ އެކި ފަހަރު މަތިން އެކި އަދަދުން ޖޫރިމަނާކޮށްފައެވެ. އެ ފައިސާ ދެއްކުމަށް ނަސޭހަތްވީ އިންޒާރު ވެސް ދީފައިވެއެވެ. ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ ދައްކާފައެއް ނުވެއެވެ. 

ޑީއާރްޕީއާ މިހާރު ހަވާލުވެ ހުންނެވީ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.