ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ އަލުން ޑރ. އަބްދުﷲ މައުސޫމް ކުރައްވައިފިއެވެ. އޭނާ މަގާމުން އިސްތިއުފާ އަލުން ހުވާ ކުރައްވާފައިވަނީ އިއްޔެއެވެ.

މައުސޫމަށް އަލުން ހުވާ ކުރައްވަން ޖެހިވަޑައިގެންނެވީ އޭނާ ފުރަތަމަ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުންޏެއްގެ އެމްޑީގެ މަގާމުގައި ހުންނެވުމުންނެވެ. ގާނޫނު އަސާސީގައިވާ ގޮތުން މިނިސްޓަރަކަށް ވިޔަފާރިއެއްގައި އަމަލީ ގޮތުން ބައިވެރިއެއް ނުވެވޭނެއެވެ.

އެހެންވެ، އެކަން އެހެން އޮތުމުން ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދޭން ދެކޮޅު ހަދާފައެވެ. އަދި އަލުން ހުވާ ކުރެއްވުމަށް ލަފާ ދެއްވާފައެވެ.

އެ ލަފާގެ މަތިން އިއްޔެ މައުސޫމް އަލުން ހުވާ ކުރެއްވީއެވެ. އިއްޔެ ވަނީ މަގާމުގެ ލިޔުން ވެސް އަލުން މައުސޫމްއާ ހަވާލު ކުރައްވާފައެވެ.

މައުސޫމް މިހާރު ގެންދަވަނީ ޓޫރިޒަމް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ މަސައްކަތްތައް ކުރައްވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.