އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާނަމް އެކްލަބުން 14 މިލިއަން ޔޫރޯ ދައްކަން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި 8-2 ލަދުވެތި ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބަލިވުމާއި ގުޅިގެން ބާސާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ އެކްލަބުން ވަނީ ބުނެފައެވެ. އެގޮތުން އައު ކޯޗު ރޮނާލްޑް ކޯމަންގެ ޕްލޭންތަކުގައި ސުއަރޭޒް ނުހިމެނޭކަން އޭނާއަށް ވަނީ އަންގާފައެވެ. 

ބާސާއާއެކު ސުއަރޭޒް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް ބާސާއިން ބޭނުންވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލްކުރަންށެވެ. އެކަން އެގޮތަށް ވާން އޮތީ 14 މިލިއަން ޔޫރޯ ސުއަރޭޒްއަށް ބަދަލުގެ ގޮތުގައި ދިނުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އުމުރުން 33 އަހަރުގެ ސުއަރޭޒް އޭރުން ކްލަބް ދޫކޮށްލާނީ ހިލޭ ޓްރާންސްފަރއެއްގެ ދަށުންނެވެ. އޭނާ ހޯދުމަށް މިހާރު ވެސް ފަސް ކްލަބަކުން އަންނަނީ ތައްޔާރުވަމުންނެވެ. 

2014 ވަނަ އަހަރު ލިވަޕޫލް ދޫކޮށްލުމަށްފަހު ބާސާއާ ގުޅުނު ސުއަރޭޒް ވަނީ އެޓީމަށް ކުޅުނު 283 މެޗުގައި 198 ލަނޑު ޖަހައިދީފައެވެ. އޭނާ އަކީ ބާސާގެ ތާރީހުގައި ވެސް އެޓީމަށް ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.