ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ސިޔާސީ ބޭނުމެއްގައި ފުލުހުންގެ މުއައްސަސާ ބޭނުންކޮށްފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަ ނުޖެހުމުން ރައްޔިތުން އިހުތިޖާޖު ކުރަން ނިކުންނާނެ ކަމަށާއި އެއީ ޑިމޮކްރަޓިކް ގައުމެއްގައި އޮންނަން ޖެހޭ ފުރުސަތެއް ކަމަށެވެ. އެކަން ކުރުމުން އެމަނިކުފާނު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށާއި އެފަދަ ގޮތަކަށް ފުލުހުން ބޭނުންކޮށްގެން ނުވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ރާއްޖޭގެ ރައީސްކަން ކުރި މީހެއް. ދުވަހަކު ވެސް ސިޔާސީ ބޭނުމަކަށްޓަކައި ފުލުހުން ބޭނުންކޮށްފައެއް ނޯންނާނެ. މުއައްސަސާގެ އަގުވައްޓާލަން މސައްކަތްކޮށްފައެއް ނޯންނާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު  ހާޒިރު ކުރީ އިދިކޮޅު ކޯލިޝަން އިން ސައިކަލު ބުރު ބޭއްވިއިރު އެމަނިކުފާނު މާސްކު ނާޅުއްވާ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވި މައްސަލައިގަ އެވެ. ނަމަވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތީ މާސްކު އަޅުއްވައިގެން ކަމަށާއި މާސްކު ނެންގެވީ ވާހަކަ ދައްކަވަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.