ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

އެ ކުންފުނިން މިއަދު ބުނީ އިސްދޫ ބަނދަރު ހެދުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށާއި އެ މަޝްރޫއަށް ޖުމުލަ 34.7 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީ އިން އަންނަނީ އެއްފަހަރާ ގިނަ ރަށްތަކެއްގައި ސަރުކާރުގެ ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.