އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުން ބޭއްވި މައްސަލާގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ. 

ރައީސް ވަހީދަށް އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. މިއީ މިފަދަ ކަމެއްގައި ރައީސް ވަހީދު ފުލުހަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ. 

މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި ސައިކަލް ބުރުގެ ބައިވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަހީދު ވާހަކަފުޅު ދެއްކެވިއެވެ. ވާހަކަފުޅު ދެއްކެވިއިރު ހުންނެވީ މާސްކު ނާޅުއްވައެވެ. އަދި މި އެއްވުމުގައި ގައިދުރުކަމެއް ވެސް ނެތެވެ. 

ރައީސް ވަހީދު އެ އެއްވުމުގައި ވިދާޅުވީ ރައްޔިތުން ލޭ އޮހޮރާލައިގެން ވެސް ގައުމު ސަލާމަތް ކުރާނެ ކަމަށެވެ. މި އެއްވުމާއެކު ރައީސް ވަހީދަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވަރަށް އިސް ބޭފުޅުން އެގޮތަށް އެޗްޕީއޭގެ އެންގުމާ ހިލާފުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އެކަމަކީ ފުރުސަތު ދެއްވާނެ ކަމެއް ނޫން ކަމާއި ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރައީސް ވަހީދު ލޭ އޮހޮރުވާލާ ވާހަކަ ދެއްކުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ. މަޖިލިސް މެންބަރުންގެ ފާޑުކިޔުން ވެސް ރައީސް ވަހީދަށް އަމާޒުވިއެވެ. ރޮޒައިނާ ވިދާޅުވީ ދައުލަތުގެ އިނާޔަތް ލިބޭ ބޭފުޅަކު އެހެން އުޅުއްވުން ހިތާމަ ކުރައްވާ ކަމަށެވެ. 

މެންބަރު އިމްތިޔާޒު ވިދާޅުވީ މި ދަނޑިވަޅުގެ ނާޖައިޒު ފައިދާ ނަގައި ގައުމު ހަލަބޮލިކުރަން އުޅުމަކީ ލަދުވެތިކަމެއް ކަމަށެވެ. ބައެއް އާންމުން ވަނީ ރައީސް ވަހީދަށް ދައުލަތުން ދޭ އިނާޔަތްތައް ވެސް ކަނޑާލުމަށް ގޮވާލާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *