ސާބިއާގެ ގައުމީ ޓީމަށް ކުޅުން މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ނެމެންޔާ މަޓިޗް ހުއްޓާލައިފިއެވެ.

އުމުރުން 32 އަހަރުގައި ގައުމީ ޓީމަށް ކުޅުން އޭނާ ހުއްޓާލާފައިވާއިރު އޭނާ ވަނީ ސާބިއާއަށް 48 މެޗު ކުޅެދީފައެވެ. 

އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ސާބިއާއިން އުއްމީދުކޮށްގެން ތިބީ އަންނަ އަހަރުގެ ޔޫރޯ ކޮލިފައިން ނިމެން ދެން އޭނާ ޓީމަށް ކުޅޭނެ ކަމަށެވެ. ކޮވިޑް 19 އާ ގުޅިގެން ޔޫރޯ ފަސްކުރެވުނުއިރު އަދިވެސް ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު ސާބިއާއަށް އެބައޮތެވެ. ދެ މެޗުން މޮޅުވެގެން ޔޫރޯއަށް ސާބިއާ ކޮލިފައިވާނެއެވެ. 

ސާބިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު ބުނީ މަޓިޗްގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށާއި ކުރިޔަށް އޭނާއަށް އޮތީ ވަރަށް ދިގު އަދި ބުރަ ފުޓްބޯޅަ ސީޒަނެއް ކަމަށެވެ. މިއީ ޒުވާން ކުޅުންތެރިން ޓީމަށް ނެގުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. 

އޭނާ ސާބިއާގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ ނަގާފައިވަނީ 2008 ވަނަ އަހަރުއެވެ. އޭނާ ވަނީ ގައުމީ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. އޭނާ އެންމެ ފަހުން ސާބިއާ އަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަގްޒަމްބަރގްއާ ދެކޮޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.