ހދ. ކުޅުދުއްފުށިން ސިޓީއިން މާލެ ފޮނުވާލި ކުއްޖެއް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. 

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލީ ހަތް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމުގެ ނަތީޖާ ވަނީ ލިބިފައެވެ. 

މީގެކުރިން ކުޅުދުއްފުށިން ކޮވިޑްގެ އެއްވެސް ކޭސްއެއް ނުފެނެއެވެ. އެ ސިޓީއަށް ހޯމް ކަރަންޓީނަށް ދިޔަ އެއްވެސް މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. 

ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިހާރު ކޮވިޑަށް ޓެސްޓް ކުރެވެއެވެ. ކުޅުދުއްފުއްޓަކީ 12،000 މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.