ގދ. ތިނަދޫއިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. 

އެނގިފައިވާ ގޮތުގައި އެ ރަށުން ޕޮޒިޓިވްވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އޭނާއަކީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ނޫނެވެ. 

އެ ރަށު ހޮސްޕިޓަލަށް ވެސް އޭނާ ގޮސްފައިވާ ކަމަށްވެއެވެ. 

އެޗްޕީއޭއިން މިހާރު ވަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިން ފަށާފައެވެ. އަދި މޮނީޓަރިން ހާލަތަށް ގެނެސް އެ ރަށަށް މީހުން އެރުމާއި ފޭބުން މަނާކޮށްފައެވެ. 

މިއީ ތިނަދޫއިން ކޮވިޑް ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.