ހުޅުމާލޭގެ މަގުތަކުގައި ހައްދާފައިވާ ހިޔާދޭ ބޮޑެތި ފިތުރޯނު ގަސްތައް ނަގަން އެޗްޑީސީއިން ނިންމައިފިއެވެ. 

ފިތުރޯނު ގަހަކީ ވަރަށް އަވަހަށް ހެދޭ އަދި ހިޔާ ދޭ ގަހެކެވެ. އެ ގަސްތަކުން ވަރަށް އަވަހަށް ވަރުގަދަ މޫތައް ވެސް ބިމަށް ފައިބައެވެ. އެހެންވެ، ހުޅުމާލެ ހިއްކުމަށްފަހު ފެހި ކުރުމުގެ ގޮތުން އެންމެ ގިނައިން އިންދީ ފިތުރޯނު ގަހެވެ. އެއީ ފެހި ކުރުމުރުގެ އިތުރުން ހިއްކި ބިން ގިރުމުން ވެސް ސަލާމަތްކޮށްދިން ކަމެކެވެ. 

ހުޅުމާލެ ބަލަހައްޓާ ކުންފުނި، އެޗްޑީސީއިން ބުނީ ގަސްތައް މިހާރު ވަރަށް ބޮޑުވެ، ބޮޑެތި މޫތައް ލާފައިވާ ކަމަށެވެ. އޭގެ ސަބަބުން މަގުތަކަށް ގެއްލުންވަމުންދާ ކަމަށެވެ. ގަހުގެ ފަތްތައް އެޅި ފެން ހިންދާ ނިޒާމް ވެސް ބްލޮކްވާ ކަމަށާއި އެހެންވެ ބަލަހައްޓަން އުނދަގޫވެފައިވާ ކަމަށް އެޗްޑީސީއިން ބުންޏެވެ. 

އަންނަ ހަފުތާ، އެފަދަ ބައެއް ފިތުރޯނު ގަސްތައް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. ނަގާ ގަސްތައް އެހެން ސަރަހައްދެއްގައި ބޭނުން ކުރާނެ ކަމަށާއި އަދި ގަސްތައް ނަގާ ސަރަހައްދުގައި ހިޔާދޭ އެހެން ބާވަތުގެ ގަސްތައް އިންދާނެ ކަމަށް އެޗްޑީސީއިން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.