ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ. 

ރޭ އަލިފާނުގެ ހާދިސާ ހިނގީ އެ ބޭންކް ހިންގާ ގަދަގޭ މުހައްމަދުފުޅު ބިލްޑިންއާ ޖެހިގެން ހުންނަ ޓިއޮލޯ ކެފޭގައެވެ. ކެފޭގައި ހިފި އަލިފާންގަނޑު ގަދަގޭ މުހައްމަދުފުޅު ބިލްޑިންއަށް ފެތުރި، ގިނަ ފްލޯތަކަށް އަލިފާނުގެ އަސަރުކުރިއެވެ. 

އެ ބިލްޑިންގައި އެސްބީއައިގެ އިތުރުން އޫރިދޫގެ އޮފީހެއް ވެސް ހިންގައެވެ. 

އެސްބީއައިއިން މިއަދު ބުނީ އެ ބޭންކުން ހިދުމަތް ދިނުމަށް ބޭނުން ކުރާ ފަސް ފްލޯއަށް ވެސް ރޭގެ އަލިފާނުގައި ގެއްލުންވެފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް މާދަމާ ދޭން ފެށޭތޯ ކަމަށް ވެސް ބުންޏެވެ. 

އަލިފާނުގެ ހާދިސާ ހިނގި ގޮތް މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ އެއީ އިންޑިއާއާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އެފަދަ ކަމަކަށް ޝައްކު ކުރެވޭ ހެއްކެއް ފެނިފައިވާ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *