ރާއްޖޭގެ 95 ސަފާރީއަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފިއެވެ. 

ސަފާރީތައް އަލުން އޮޕަރޭޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. އެއީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތްތޯ ބެލުމަށްފަހު ދޭ ހުއްދައެކެވެ. 

މިހާރު ވެސް އެ ހުއްދައާއެކު ބައެއް ސަފާރީތައް އޮޕަރޭޓް ކުރަމުންދެއެވެ. އަންނަ މަހު ވެސް ގިނަ ސަފާރީތަކެއް އޮޕަރޭޝަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. 

އެ ހުއްދަ 95 ސަފާރީއަކަށް މިހާރު ދީފައިވާއިރު ރާއްޖެ އަންނަ ޓޫރިސްޓުންނަށް އެ ސަފާރީތަކަށް ދެވޭނެއެވެ. ނަމަވެސް އެއިން އެއްވެސް ސަފާރީއަކަށް މީހުން އުޅޭ ރަށްރަށަށް އަދި ރިސޯޓަކަށް ބަނދަރުކޮށް ޓޫރިސްޓުން ބާލުވާ ނުހެދޭނެއެވެ. 

ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ޓޫރިސްޓުން ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ. އެކަމުގެ އިންތިޒާމަށް ހުޅުމާލޭގައި ސްޓޭޝަނެއް ވަނީ ގާއިމްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.