ހުޅުމާލޭގައި ރޭ ޒުވާން އަންހެނެއް ކުއްލިއަކަށް މަރުވެއްޖެއެވެ. އެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. 

ރޭ 21 އަހަރުގެ އެ އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކާރެއްގައި އެހެން ދެ އަންހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އުރީދޫގައި ވަޒީފާ އަދާ ކުރަމުންދާ އެ އަންހެން މީހާ މަރުވި ގޮތެއް އަދި ސާފެއް ނުވެއެވެ. މިއަދު ހެނދުނުގެ ވަގުތުގައި އޭނާ ވަނީ ވަޅުލާފައެވެ. 

އަންހެން މީހާގެ ކުއްލި މަރާއެކު އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.