މިހާރު މާލޭގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި ގެއްލުންވެ، ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ހިޔާވަހިކަން ދިނުމަށް ކަލާފާނު ސްކޫލް ތައްޔާރު ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ. 

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ބީއެމްއެލް އޭޓީއެމްއާ ޖެހިގެން ހުންނަ ކެފޭ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިންގާ އިމާރާތުގައެވެ. އިމާރާތުގައި އަދިވެސް އަލިފާން ދަނީ ރޯވަމުންނެވެ. 

ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ އިމާރާތްތަކުން މީހުން ވަނީ ހުސްކޮށްފައެވެ. ޑިފެންސް މިނިސްޓަރު ވިދާޅުވީ އެފަދަ މީހުންނަށް ވަގުތީ ގޮތުން ހިޔާވަހިކަން ދިނުމަށް ކަލާފާނު ސްކޫލް ތައްޔާރު ކުރަމުންދާ ކަމަށެވެ. 

ނަމަވެސް އުއްމީދު ކުރައްވަނީ ގިނަ ބަޔަކު ހިޔާއަށް ގެންދަން ނުޖެހޭ ގޮތަށް އަލިފާން ކޮންޓްރޯލް ކުރުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާލޭގައި ކޮވިޑް ވެސް ފެތެރެމުންދާތީ އެ ސަރަަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓުން އެޗްޕީއޭއަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވިދާޅުވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ތައްޔާރުވަމުންދާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.