މަގުތަކުގައި މުޒާހަރާކޮށް ސިއްހީ ރައްކާތެރިކަން ނަގާނުލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ގޮވާލައްވައިފިއެވެ. 

މިއަދު އިދިކޮޅު ޕީޕީއެމްއިން ވަނީ މާލެ އާއި އެހެން ބައެއް ރަށްރަށުގައި މުޒާހަރާކޮށްފައެވެ. މާލޭގައި ބޭއްވި ސައިކަލް ބުރުގައި ގައިދުރުކަމެއް ނެތެވެ. އަދި ބައެއް މީހުން މާސްކު ވެސް ބޭނުންކޮށްފައެއް ނުވެއެވެ. 

ގިނަ ބަޔަކު އެއްވެ، އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް މުޒާހަރާކޮށްފައިވާތީ ފުލުހުން ވެސް މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ. 

ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެމެދު ވަރަށް ބޮޑު ފަރަގެއްވާ ކަމަށެވެ. 

ސިއްހީ ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަށް ގޮވާލައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.