ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސީވިލާތަށް ފުރާވަޑައިގަންނަވައިފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ފުރާވަޑައިގަންނަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ހޯމަ ދުވަހު ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެ ޖަލްސާއަށް ފަހު މަޖިލިސް މަސް ދުވަހުގެ ޗުއްޓީއަކަށް ދާނެއެވެ.

ކުރިން މަޖިލިސް ޗުއްޓީއަށް ދާގޮތަށް އޮތީ މިދިޔަ ބުދަ ދުވަހުއެވެ. އެހެންނަމަވެސް، އޯގަސްޓް މަހުގެ ނިޔަލަށް މަޖިލިސް ޗުއްޓީއަށް ނުގޮސް މަޑުކޮށްފައިވަނީ އަށް ބިލެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނެއެވެ.

ރައީސް ނަޝީދުގެ އާއިލާ ދިރިއުޅުއްވަނީ އިނގިރޭސީވިލާތުގައެވެ. އެމަނިކުފާނު އެންމެ ފަހުން އިނފިރޭސީވިލާތަށް ވަޑައިގެންނެވީ މިއަހަރުގެ މާޗް މަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.