ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %29 މަސައްކަތް ނިމިއްޖެއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީއިންނެވެ. 

މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %95 މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ. މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ 25 އޯގަސްޓް 2020 ގައި އެރަށަށްވަނީ ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން 72،800 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 2،825 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއަށް 68.66 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 29 ނޮވެމްބަރ 2019 ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *