ކައުންސިލްތަކަށް ކުރިމަތިލަނީ ހިދުމަތް ކޮށްދޭން ކަމަށާއި އަމިއްލަ ފައިދާއެއް ހޯދާކަށް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލައަށް އިޝާރަތް ކުރައްވާ ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލް ކަމަށް ކުރިމަތިލަނީ ހިދުމަތެއް ކޮށްދިނުމަށް ކަމަށާއި އަމިއްލަ ފައިދާއެއް ހޯދުމަކަށް ނޫން ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ނުދެވިގެން ކަންބޮޑުވެގެން އެންމެ ކަމެއް ވެސް ފާހަގަކޮށްފައި ނުވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލަށް ޝިފާގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައި ވަނީ އެ ކައުންސިލްގެ މެންބަރު އަހްމަދު ފަޒީން އެވެ. އޭނާ ހުށަހަޅާފައިވާ މައްސަލާގައި ލާމަރުކަޒީ ރޫހާ ހިލާފުވާ ކަމަށް ބުނެ 39 ކަމެއް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ މައްސަލަ ކުރިޔަށް ގެންދަން ފެންނަ ކަމަށް ކައުންސިލުން ފާސްކޮށްފައިވާއިރު ޝިފާއަށް ޖަވާބުދާރީވުމަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.