އެމެރިކާގެ ނެޝެނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) ގެ ޕްލޭއޮފް މެޗުތައް ފަސްކޮށްފިއެވެ. 

މެޗުތައް ފަސްކޮށްފައިވަނީ ރޭ ކުޅެން އޮތް މިލުވާކީ ބަކްސް އަދި އޯލެންޑޯ މެޖިކްގެ މެޗު ކުޅެން ބަކްސްއިން ދެކޮޅު ހެދުމާއި ގުޅިގެންނެވެ. މި މެޗު ކުޅުމަށް ބަކްސްއިން ދެކޮޅު ހެދީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ވިސްކޮންސިން ސްޓޭޓްގައި ކަޅު ނަސްލަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖޭކޮބް ބްލޭކްއަށް ބަޑިން ހަމަލާދީ ފުލުހުންތަކެއް އޭނާ މަރާލުމާއި ގުޅިގެންނެވެ. ބަކްސްއަކީ ވިސްކޮންސިން ސްޓޭޓަށް ނިސްބަތްވާ ޓީމެކެވެ. 

ބްލޭކްގެ ބުރަކަށްޓައް ހަތް ވަޒަން ފުލުހުންތަކެއް އަރުވާލިއިރު އޭނާ އެއްވެސް ކުށެއް ކޮށްފައެއް ނުވެއެވެ. ފުލުހުންގެ ފަރާތުން ކަޅު ނަސްލަށް ނިސްބަތްވާ މީހުންނަށް ދިމާވަމުންދާ ފުރައްސަރާއާއި ނުރައްކަލަށް އެންމެ ހަރުއަޑުން ދެކޮޅު ހަދަމުންދަނީ އެންބީއޭގެ ކުޅުންތެރިންނެވެ. އެންބީއޭއަކީ ކަޅު ނަސްލުގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ ލީގެއް ކަމަށްވާއިރު އިތުރަށް ލީގު ކުރިޔަށް ނުގެންދިޔުމަށް ވެސް ބައެއް ޓީމުތަކުން ވަނީ ހުށަހަޅާފައެވެ. 

މި މެޗު ބޮއިކޮޓް ކުރުމަށްފަހު ބަކްސްއިން ދިން ބަޔާނެއްގައި އެޓީމުން ބުނީ ބޭނުންނަނީ ބްލޭކްއަށް އިންސާފު ލިބުން ކަމަށާއި  އޭނާ މަރާލުމުގައި ބައިވެރިވި ފުލުހުންނަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށެވެ. 

އެންބީއޭގެ އިތުރުން އެމެރިކާގެ ބޭސްބޯލް ލީގާއި ފުޓްބޯޅަ ލީގުގެ ޓީމުތަކުން ވެސް ވަނީ މެޗުތައް ކުޅުމަށް ދެކޮޅު ހަދާފައެވެ. މިކަމާއި ގުޅިގެން އެމެރިކާގެ ކުޅިވަރުތަކަށް ހުއްޓުމެއް އައުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *