ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަގު ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެ އެވެ.

ގައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށާއި އޭނާގެ ބައްޕާފުޅަށާއި ކޮވިޑް-19 އަށް ޕޮޒިޓީވްވެފައިވާ އެހެން ހުރިހާ ފަރާތްތަކަށް ވެސް އަވަސް ޝިފާއަކަށް އެދިވަޑައިގެންނަވާ ކަމަށެވެ. 

ގައްސާން ކޮވިޑް-19 އަށް ޓެސްޓު ކުރީ އޭނާގެ ރައީސް މައުމޫން ކޮވިޑް-19 ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި ރައީސް މައުމޫންއަށް ކޮވިޑް-19 ޖެހިފައިވާއިރު ގައްސާން އެމަނިކުފާނާ ބައްދަލުވި ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. 

ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ އާއިލާއިން އިއްޔެ ވަނީ ބުނެފަ އެވެ. ރާއްޖޭގައި ކޮވިޑް-19 ކޮންމެވެސް މިންވަރަކަށް މަދު ކުރެވިފައި ވަނިކޮށް، އެންމެ ފުރަތަމަ އެޅި ފިޔަވަޅުތައް އުވާލައި، މާލެ ހުޅުވާލުމާއެކު އަނެއްކާ ވެސް ވަނީ ކޮވިޑް-19 ގެ ކޭސްތައް އިންތިހާއަށް އިތުރުވެފަ އެވެ. އެކަމާ ގުޅިގެން ގައުމު އަލުން ލޮކްޑައުން ކުރަން ޖެހޭ ކަމަށް ވަކާލާތު ކުރަމުން ދިޔަ އެއް ބޭފުޅަކީ ވެސް އުމުރުން 82 އަހަރުގެ ރައީސް މައުމޫން އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *