ލުބުނާންގެ ބޯޑަރުގައި ގާއިމްކޮށްފައި ހިޒްބުﷲ ގެ އޮބްޒަވޭޝަން ޕޯސްޓްތަކަކަށް ވައިގެ މަގުން އިސްރާއީލުން ހަމަލާ ދީފިއެވެ. 

އިސްރާއީލުގެ ޑިފެންސް ފޯސްއިން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ހިޒްބުﷲ އިން އެގައުމުގެ ސިފައިންނަށް އަމާޒުކޮށް ހަމަލާ ފޮނުވުމާއި ގުޅިގެންނެވެ. ހިޒްބުﷲއިން ފޮނުވާލި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މިފަދަ ހަމަލާތަކަށް ރައްދު ދިނުމަށް އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށް އިސްރާއީލުން ބުނެއެވެ. 

މީގެ ހަތަރު ދުވަސް ކުރިން ހިޒްބުﷲ އިން ވަނީ އިސްރާއީލްގެ ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ އެއްވެސް ޑްރޯންއެއް ލުބުނާންގެ ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ އެ ޑްރޯންއެއް ވައްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ. 

ބުދަ ދުވަހުގެ ވަގުތެއްގައި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވަނީ މި ހަމަލާތަކާއި ގުޅިގެން ވާހަކަ ދެއްކެވުމަށް ދެކޮޅު ހައްދަވާފައެވެ.

އިސްރާއީލުން ވަނީ ހިޒްބުﷲ އިން ބޯޑަރު ކައިރީގައި އައު ހަނގުރާމައަކަށް ތައްޔާރުވުމަށް ހަތިޔާރު އެއްކުރަމުން ދާ ކަމަށް ތުހުމަތުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *