މަޝްހޫރު ވީޑިއޯ ޝެއަރިންގ ޕްލެޓްފޯމް ޓިކްޓޮކްގެ ސީއީއޯ ކެވިން މޭޔަރ އެމަގާމުން އިސްތިއުފާ ދީފިއެވެ. 

ޑިސްނީގެ ސްޓްރީމިންގެ ސަރވިސަސްގެ އިސްވެރިޔެއްގެ ގޮތުގައި ހުރުމަށްފަހު މިދިޔަ ޖޫން މަހު  ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި ހަވާލުވި މޭޔަރ އެމަގާމުން އިސްތިއުފާ ދިނީ އެމެރިކާގައި އެ އެޕް ބޭނުންކުރުން މަނާކުރަން އެގައުމުގެ ރައީސް ނިންމުމާއި ގުޅިގެންނެވެ. 

ޓިކްޓޮކްގެ މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގައި އޭނާ ބުނީ މިދިޔަ ހަފްތާތަކުގެ ތެރޭގައި ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި މި ނިންމުން އޭނާ ނިންމީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ. ޓިކްޓޮކުން ވަނީ ސީއީއޯގެ މަގާމުގައި ހުރެ މޭޔަރ ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ މަޝްހޫރު ވީޑިއޯ ޝެއަރިންގ ސޯޝަލް ޕްލެޓްފޯމް ބޭން ކުރައްވަން ނިންމަވާފައެވެ. އެގޮތުން އެ އެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ޗައިނާގެ ސަރުކާރާ ހިއްސާކުރާ ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ. 

ޓްރަމްޕް ވަނީ ޓިކްޓޮކާއެކު ވިޔަފާރި ނުކުރުމަށް އެމެރިކާގެ ހުރިހާ ކުންފުނިތަކަށް އަންގަވައި އެކަމާއި ގުޅޭގޮތުން އެގްޒެކްޓިވް އޯޑަރެއް ނެރުއްވާފައެވެ. މޭޔަރ އިސްތިއުފާ ދީފައިވާއިރު ޓިކްޓޮކް ގަތުމަށް މައިކްރޯސޮފްޓުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.