ނިއު ޒީލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ހަމަލާދިން އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. 

ކްރައިސްޓްޗަރޗްގެ ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް 51 މީހަކު ގައްސަތުގައި މަރާލުމުގެ ދައުވާ އާއި 40 މީހަކު ގަސްތުގައި މަރާލަން އުޅުމާއި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ޕެރޯލްގެ ފުރުސަތާ ނުލައި އޭނާ އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. މިއީ ނިއު ޒީލެންޑްގެ ތާރީހުގައި ވެސް މިފަދަ ހުކުމެއް މީހެއްގެ މައްޗަށް އިއްވި ފުރަތަމަ ފަހަރެވެ. ނިއު ޒީލެންޑްގެ ގާނޫނުތަކުން މަރުގެ ހުކުމް އިއްވުމުގެ ފުރުސަތު ނުދެއެވެ. 

މި ހުކުމް އިއްވުމާއި ގުޅިގެން ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އެޑަރން ވިދާޅުވީ މިއީ މި ހަމަލާދިން ޓެރަރިސްޓްގެ ނަން އަޑުއިވޭނެ އެންމެ ފަހު ދުވަހަށް ވާނެ ކަމަށާއި މި ހުކުމާއެކު އޭނާގެ އެއްވެސް ވާހަކައެއް ދެއްކުމުގެ ބޭނުން ކެނޑިފައިވާ ކަމަށެވެ. 

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މި ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު މި އިއްވި ހުކުމް ވެގެންދިޔައީ ޓެރަރިޒަމްގެ ކުށް ނިއު ޒީލެންޑްގެ މީހެއްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރަށެވެ. އޭނާއާ ދެކޮޅަށް 66 މީހަކު ހެކިބަސް ދިންއިރު މި މީހުންނަކީ އޭނާ ދިން ހަމަލާއިން ސަލާމަތްވި މީހުންނެވެ.

 ދެ މިސްކިތަކަށް ހަމަލާ ދިނުމާއި ގުޅިގެން އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.