އަންނަ އަހަރުގެ ނިޔަލަށް މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފާސްކޮށްފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއެވެ. 

ކޮމިޓީއިން ބިލް އިސްލާހު ކުރި ގޮތުގައި އެންމެ ކުޑަ އުޖޫރަ ނުވަ ދާއިރާއަކަށް ކަނޑައަޅަން ޖެހޭނެއެވެ. އެއީ މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާ އާއި މެރިޓައިމްގެ ދާއިރާއެވެ.

ބިލްގައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ އަމުރު ނެރެންޖެހޭނީ މިނިސްޓަރެވެ. އެފަދަ އަމުރެއް 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިސްޓަރު ނެރެންވާނެ ކަމަށާއި ވަޒީފާދޭ މީހުން އެ އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށް ބިލްގައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.