ދެކުނު ކޮރެއާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ޑޮކްޓަރުން މުޒާހަރާކުރަން ފަށައިފިއެވެ. 

މި މުޒާހަރާ އިންތިޒާމް ކުރަނީ ގާތްގަނޑަކަށް 130،000 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮރެއަން މެޑިކަލް އެސޯސިއޭޝަނުންނެވެ. ބުދަ ދުވަހު މަސައްކަތަށް ހާޒިރުވާން އެތައް ހާސް ޑޮކްޓަރުންނެއް ދެކޮޅު ހަދާފައިވާއިރު ކޮރެއާގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލަށް ވަނީ މިކަމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ހިދުމަތްދޭ ގަޑިތައް މަދުކޮށް ބައެއް ހޮސްޕިޓަލްތަކުން ވަނީ ޝެޑިއުލްކޮށްފައި ހުރި ބައެއް އޮޕަރޭޝަންތައް ވެސް ކެންސަލް ކޮށްފައެވެ. 

ސަރުކާރުން ދަނީ މެޑިސިން ކިޔަވާ ދަރިވަރުން އިތުރުކޮށް ސަރުކާރު ހޮސްޕިޓަލްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ މިކަންތައްތަކަށް ހަރަދު ކުރާ ފައިސާ އެމީހުންނަށް ދޭ މުސާރަ ބޮޑުކުރުމަށާއި މަސައްކަތް ކުރަން ބޭނުންވާ ސާމާނު އިތުުރުކުރުމަށް ބޭނުން ކުރަން ޖެހޭ ކަމަށެވެ. އެއީ ވެރިރަށް ސޯލްއިން ބޭރަށް ސިއްހީ ހިދުމަތްތެރިން ގެންދަން ލިބޭނެ ފުރުސަތެއް ކަމަށް ގަބޫލުކުރެވޭ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. 

މި މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފިޔަވަޅު އެޅުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު ވަނީ ބުނެފައެވެ. ސަރުކާރުން ހުށަހެޅު ހުށަހެޅުންތައް މުޒާހަރާގެ ބައިވެރިން ގަބޫލުކޮށްފައެއް ނުވެއެވެ. އެހެންކަމުން ސަރުކާރުން ވަނީ ބައިވެރިންގެ ލައިސެންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ހަމައެހެންމެ ތިން އަހަރަށް ޖަލަށް ލުމުގެ އިތުރުން 30 މިލިއަން ވޮންއިން މުޒާހަރާގެ ބައިވެރިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. 

ކޮރެއާގައި ޑޮކްޓަރުން މުޒާހަރާކުރަން ފަށާފައިވަނީ އެގައުމުން އަނެއްކާ ވެސް ކޮވިޑް 19 ގެ ކޭސްތައް ފެންނަން ފަށާފައި ވަނިކޮށެވެ. އެގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 320 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.