ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. 

އުމުރުފުޅުން 80 އިން މަތީގެ ރައީސް މައުމޫން އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެކަމާ ގުޅިގެން މިހާރު އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. 

ޔުމްނާ މިއަދު ވިދާޅުވީ މާތްﷲ އިރާދަފުޅުން ބައްޕަ ހާލުކޮޅު ރަނގަޅު ކަމަށާއި އަލާމަތްތައް ހުރީ ކުޑަކޮށް ކަމަށެވެ. 

ކުރީގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ. އެކަމާ ގުޅިގެން ރައީސް މައުމޫން ޓްރީޓޮޕް ހޮސްޕިޓަލަށް ވަޑައިގެން އުޅުއްވިއެވެ.

ނަސްރީނާ އޭރު ކޮވިޑަށް ޓެސްޓް ހެއްދެވިއެވެ. އޭރު އެކަމަނާ ކޮވިޑަށް ނެގެޓިވްވިއެވެ. ފަހުން އެކަމަނާ ޓެސްޓް ކުރެއްވި ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮވިޑް-19ގެ އެންމެ ރިސްކު ބޮޑު މީހުންނަކީ އުމުރުން 65 އަހަރުން މަތީ މީހުންނެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.