ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އުމުރުފުޅުން 80 އިން މަތީގެ ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިއަދުއެވެ. 

ރައީސް މައުމޫން ވަނީ އެކަން ހާމަ ކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. 

ކުރީގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ. އެކަމާ ގުޅިގެން ރައީސް މައުމޫން ޓްރީޓޮޕް ހޮސްޕިޓަލަށް ވަޑައިގެން އުޅުއްވިއެވެ. 

ނަސްރީނާ އޭރު ކޮވިޑަށް ޓެސްޓް ހެއްދެވިއެވެ. އޭރު އެކަމަނާ ކޮވިޑަށް ނެގެޓިވްވިއެވެ. ފަހުން އެކަމަނާ ޓެސްޓް ކުރެއްވި ކަމެއް އަދި ސާފެއް ނުވެއެވެ. 

ކޮވިޑް-19ގެ އެންމެ ރިސްކު ބޮޑު މީހުންނަކީ އުމުރުން 65 އަހަރުން މަތީ މީހުންނެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.