ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސައިން ބޯލްޓް ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ. 

ރޮއިޓަރސް އާއި ޖަމައިކާގެ ނޫހެއް ކަމަށްވާ ދަ ގްލީނަރއިން ވަނީ ބޯލްޓްގެ ޓެސްޓްގެ ނަތީޖާ ޕޮސިޓިވްވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރާއި ހަވާލާދީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް ބޯލްޓްގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓެއްގައި އޭނާ މިކަން ހާމަކޮށްފައެވެ ނުވެއެވެ. 

އޭނާ ޕޯސްޓްކުރި ވީޑިއޯގައި އޭނާ ވަނީ ސެލްފް އައިސޮލޭޝަންގައި ހުރި ކަމަށް ބުނެފައެވެ. ކޮވިޑްގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށް ބުނެ ބޯލްޓް ވަނީ އޭނާއާ ކޮންޓެކްޓްވި ރައްޓެހިންގެ ކިބައިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފައެވެ. 

ޖަމައިކާގެ ދަ ގްލީނަރއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު އޭނާގެ ރައްޓެހިން ވަނީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ސަޕްރައިޒް ޕާޓީއެއް ބާއްވާފައެވެ. މި ޕާޓީއަަށް އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކުޅުންތެރިޔާ ރަހީމް ސްޓާލިން ވެސް ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ގާތްގަނޑަކަށް ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަމައިކާއިން ކޮވިޑް 19އަށް ޕޮސިޓިވްވެފައިވަނީ 1612 މީހުންނެވެ. 

100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ބޯލްޓް އެންމެފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *