ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން މޫދަށް އެރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަޙްލޫފް ވަނީ މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް މާލޭ ސިޓީ ކައުންސިލާއެކު ވަރަށް އަވަހަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު މާލޭގައި އާއްމުކޮށް މޫދަށް އެރި އުޅުމަށް ބޭނުންކުރާ ރަސްފަންނާއި އާޓިފިޝަލް ބީޗްގައި ވެސް މިފަދަ އިންތިޒާމްތަކެއް ހަމަޖެހިފައެއް ނުވެއެވެ. އެގޮތުން ވީލްޗެއަރގައި ހަރަކާތްތެރިވާ ބޭފުޅުންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް އެއްވެސް ތަނެއްގައި ރޭމްޕް ގާއިމްކުރެވިފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *