ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި ނިންމުން ރަނގަޅު ކަމަށް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން މިއަދު ނިންމައިފިއެވެ. 

މީގެކުރިން އޮތް ބްރޯޑްކޮމްއިން ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއެވެ. އޭރު ވެސް އެއީ ސިޔާސީ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް ބުނެ ފާޑުކިޔަމުންދިޔައެވެ. އޭރު ބްރޯޑްކޮމްގައި ތިއްބެވި މެންބަރުންގެ ނަޒާހަތްތެރިކަމާމެދު ވެސް ސުވާލު އުފެއްދިއެވެ. 

އެ ބްރޯޑްކޮމްގެ ގިނަ މެންބަރުން މި މަޖިލީހުން ވަކިކޮށް އާ މެންބަރުން އައްޔަންކުރިއެވެ. އޭގެ ފަހުން ރާއްޖެޓީވީއިން ވަނީ އެ ޖޫރިމަނާތައް ރިވިއުކޮށްދިނުމަށް އެދިފައެވެ. އެކަމުގައި މިއަދު ކޮމިޝަނުން ވަނީ ގޮތް ނިންމާފައެވެ. 

އެނގިފައިވާ ގޮތުގައި ކޮމިޝަނުން ނިންމާފައިވަނީ ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. މިއަދުގެ ކޮމިޝަން ބައްދަލުވުމެ ރިޔާސަތު، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ބެއްލެވިއިރު ކޮމިޝަންގެ ފަސް މެންބަރުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

ކޮމިޝަންގެ މެންބަރު އަލީ ޔޫސުފް މި މައްސަލައިން ތަނާޒުވެވަޑައިގެންނެވިއެވެ. އޭނާ ކުރިން ހުންނެވީ ރާއްޖެޓީވީގެ އިސް މަގާމެއްގައެވެ. 

މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވަނީ ރަނގަޅަށް ކަމަށް ވޯޓު ދެއްވީ މެންބަރު ޒީނާ ޒާހިރާއި އައިމިނަތު ސަހާރަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. މި ތިން ބޭފުޅުންނަކީ ވެސް މީގެކުރިން ރާއްޖެޓީވީ ޖޫރިމަނާ ކުރަން ނިންމި ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ތިން މެންބަރުންނެވެ. 

ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވަނީ ގޯސްކޮށް ކަމަށް ވޯޓު ދެއްވީ މިފަހުން ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރު އައިމިނަތު އަމީނާ (އަނާ) އާއި އަހުމަދު ގައިސް އެވެ. ރިޔާސަތުގައި އިންނެވުމުން މަރިޔަމް ވަހީދާ ވޯޓެއް ނުދެއްވައެވެ. 

ރައްޔިތުންގެ މަޖިލީހުން މިހާރު ވެސް ދަނީ ޒީނާ ކޮމިޝަނުން ވަކި ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *