ރ. ވަންދޫ ބަނދަރު މަރާމާތު ކުރުމާއި ފުންކުރުމުގެ މަޝްރޫއުގެ 35 އިންސައްތަ ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. 

އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ ވަންދޫ ފަޅު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިޔަށް ދަނީ އެއްގަމު ތޮށި އެތުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

އެމްޓީސީސީ މި މަސައްކަތް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 1،870 ކިއުބިކް މީޓަރުގެ ހާބާ ބޭސިން ފުންކުރުމާއި 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 5.99 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.