ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުއަށް ބޭނުންވާ ސާމާނު މި މަހު 12 ގައި އެ ރަށަށް ގެންގޮސް މިއަދު ވަނީ އަމަލީ މަސައްކަތް ފަަށާފައެވެ. 

މި މަޝްރޫޢުގެ ދަށުން 25,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1,280 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. 

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 35.06 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.