ދައުލަތުގެ އިދާރާތަކުން ހިންގަމުން ގެންދާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ފައިނޭންޝިއަލް މޮނިޓަރިންގ މަސައްކަތްތައް ކުރުމަށް ޙާއްސަ ޕޯޓަލްއެއް މިނިސްޓްރީ އޮފް ފިނޭންސްއިން ގާއިމްކޮށްފިއެވެ. 

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ސޮއިކުރައްވައި ފޮނުވި މާލިއްޔަތާބެހޭ ސަރކިއުލަރއެއްގައި ވަނީ މިކަން ދައުލަތުގެ އިދާރާތަކަށް އަންގަވާފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕީއެސްއައިޕީގެ މަޝްރޫއުތަކާއި، މި ނޫންވެސް އެކި ގޮތްގޮތުން ދައުލާތާއި އެކު އެކި ފަރާތްތަކުން ކޮންޓްރެކްޓް ހެދިގެން ކުރިޔަށް ގެންދާ މަސައްކަތްތަކާއި ކޮންޓްރެކްޓްތަކުގެ މައުލޫމާތުތައް މި ޕޯޓަލް މެދުވެރިކޮށް އަޅުއްވަމުން ގެންދިޔުމަށް ދައުލަތުގެ އިދާރާތަކަށް ފިނޭންސް މިނިސްޓަރ ވަނީ އަންގަވާފައެވެ. 

މި ޕޯޓަލް ލައިވްކޮށްފައިވަނީ bandeyri.egov.mv ނަމުގައެވެ. އަދި ދައުލަތާއެކު ކޮންޓްރެކްޓް ކުރެވިގެން ކުރިޔަށް ގެންދާ އެންމެހާ މަސައްކަތްތަކުގެ ކޮންޓްރެކްޓްގެ މައުލޫމާތު 31 އޮގަސްޓްގެ ނިޔަލަށް މި ޕޯޓަލްއަށް އެޅުމަށް ވަނީ އަންގަވާފައެވެ. ހަމައެހެންމެ މި މުއްދަތުގެ ފަހުން ފައިސާ ދޫކުރެވެމުންދާނީ، ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކަށް ކަމަށް ވެސް މިސަރކިއުލަރގައި ވަނީ ބަޔާންކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.