ނިއުޒިލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ހަމަލާދިން އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓަށް ހުކުމް ކުރަން ތައްޔާރުވެއްޖެއެވެ. 

އޭނާއަށް ހޯމަ ދުވަހުގެ ވަގުތެއްގައި ހުކުމްކުރަން ފަށާއިރު އޭނާއަށް އަންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ވަނީ މި ހަމަލާދިން ކަމަށް ކޯޓުގައި އިއުތިރާފްވެފައެވެ. އޭނާގެ މައްޗަށް ނިއު ޒިލެންޑްގެ އިދާރާތަކުން އުފުލާފައިވަނީ 51 މީހަކު ގައްސަތުގައި މަރާލުމުގެ ދައުވާ އާއި 40 މީހަކު ގަސްތުގައި މަރާލަން އުޅުމާއި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ދައުވާއެވެ. 

ހޯމަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް އޭނާގެ މައްޗަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު އޭނާގެ މައްޗަށް ހުކުމް އިއްވާނީ ކްރައިސްޓްޗަރޗް ހައި ކޯޓްގެ ފަނޑިޔާރު ކެމެރަން މެންޑަރއެވެ. އޭނާއާ ދެކޮޅަށް 66 މީހަކު ހެކިބަސް ދޭއިރު މި މީހުންނަކީ އޭނާ ދިން ހަމަލާއިން ސަލާމަތްވި މީހުންނެވެ. ދެ މިސްކިތަކަށް ހަމަލާ ދިނުމާއި ގުޅިގެން އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.

މީގެކުރިން ނިއު ޒިލެންޑްގެ ޕެރޯލްގެ ފުރުސަތު ނުދީ އެއްވެސް މީހަކު އުމުރަށް ޖަލަށް ލާފައެއް ނުވެއެވެ. އެހެން ނަމަވެސް މިފަހަރު ބެލެވޭ ގޮތުގައި އޭނާގެ މައްޗަށް އަންނާނީ ޕެރޯލްގެ ފުރުސަތު ނުލިބޭ ފަދަ އުމުރު ދުވަހުގެ ހުކުމެކެވެ. 

އޭނާގެ މިހަމަލާއާ ގުޅިގެން ނިއު ޒިލެންޑްގެ އާއްމު ރައްޔިތުންނަށް ހަތިޔާރު ނުގެންގުޅެވޭ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.