ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ އިގްތިސާދަށް ގެއްލުންވާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ނޮޅިވަރަމް ދާއިރާ މެންބަރު މުހައްމަދު ނަޝީދެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ގިނަ ކަންކަންކޮށްފައި ވާއިރު ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކުން އަމަލުކޮށްފައި ވަނީ ސަރުކާރުން އެންގި ގޮތައް ކަމަށާއި މާގިނަ ޝަކުވާތަކެއް ކުރުމެއް ނެތި ރައްޔިތުން ގޭގައި ތިބުމުގެ ސަބަބުން ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން ސަރުކާރުން އެހީތަކެއް ދޭން ނިންމާފައިވީ ނަމަވެސް ގިނަ ކުންފުނިތަކަށް އެއްވެސް އެހީއެއް ނުލިބޭ ކަމަށާއި އެ މައްސަލަ އެގޮތައް އޮއްވާ އަނެއްކާ ވެސް އެފަދަ ފިޔަވަޅުތަކެއް އަޅަން ނިންމުމުގެ ސަބަބުން ވިޔަފާރިތަކެއް ބަންގުރޫޓުވެ ގިނަ ބަޔަކަށް ގެއްލުން ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ފިޔަވަޅުތަކާ ގުޅިގެން ގައުމުގެ އިގްތިސާދު މިހާރަށް ވުރެ ބޮޑަށް ހަލާކުވެގެން ދާނެ ކަމަށް ވެސް އެ ކުއްލި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ މަޖިލީހުން މިއަދު ވަނީ ބަލައިގަނެ ބަހުސް ކުރަން ފާސްކޮށްފަ އެވެ. 

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާއިރު ސަރުކާރުން މިފަހުން ވަނީ އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ރޭގަނޑު 8:00 އަކުން ފަތިހު 5:00 އަކަށް އެއްވެސް އުޅަނދެއް ނުދުއްވޭ ގޮތައް ވަނީ ހަދައިފަ އެވެ.

އެ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް ރެސްޓޯރަންޓުތައް ހިންގާ ބައެއް ފަރާތްތަކުން ވަނީ މުޒާހަރާ ވެސްކޮށްފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *