އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެން ކޮއްކޮ އާއި ބޭބެގެ ދަރިކަނބަލުންގެ ދެމެދު ދެކެވުނު ވާހަކަތަކެއްގެ ރިކޯޑިންގ ވޮޝިންޓަން ޕޯސްޓުން ހާމަކޮށްފިއެވެ.

ޓްރަމްޕްގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ މެރިއޭން ޓްރަމްޕް ވަނީ ޓްރަމްޕްއަކީ އެއްވެސް ޒަމީރެއްނެތް ދޮގުވެރިއެއް ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން އޭނާއަކީ އެއްވެސް ވަރަކަށް އިތުބާރު ހިފޭނެ މީހެއްނޫން ކަމަށްެވެސް މެރިއޭން ވަނީ މި އޯޑިއޯތަކުގައި ބުނެފައެވެ.

މެރިއޭން ވަނީ ޓްރަމްޕްގެ އިމިގްރޭޝާން ޕޮލިސީއައް ވަރަށް ބޮޑަށް ފާޑުކިޔައި ކުޑަކުދިން މައިންނާ ވަކިން ޑިޓެންޝަން ސެންޓަރުތަކަށް ލަމުންދާކަން ފާހަގަކޮށްފައެވެ. މިކަމާގުޅިގެން އޭނާ އިތުރަށް ބުނެފައިވަނީ ޓްރަމްޕް ބޭނުންވަނީ ހަމައެކަނި އޭނާގެ ސަޕޯޓަރުންގެ ރުހުން ކަމަށާއި، ހެޔޮގޮތާއި ނުބައިގޮތް ބެލުމެއް ޓްރަމްޕްއައް ނޯންނަކަމަށެވެ. ޓްރަމްޕްގެ ކަމަކީ އަބަދު ދޮގުހެދުމާ ޓްވީޓު ކުރުން ކަމަށްވެސް މެރިއޭން ވަނީ ބުނެފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުންގެ ބޮޑު ބަޔަކީ އެމެރިކާގެ ދޮން ނަސްލުގެ ހައްދުފަަހަނަ އަޅައިފައިވާ މީހުންނާއި، ތިމާވެށި ހިމާޔަތްކުރަންޖެހޭ ކަމަށް ގަބޫލު ނުކުރާ މީހުންނާއި އަދި ނަސްލީ ތަފާތުކުރުމަށް ތާއީދުކުރާ މީހުންނެވެ. ކަޅު ނަސްލުގެ މީހުންނާއި، ލެޓިން އެމެރިކާ މީހުން އަދި މުސްލިމުންނަށް ނަސްލީ ތަފާތުކުރުން އެމެރިކާގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މި ވާހަކަތައް ރެކޯޑުކޮށްފައިވަނީ ޓްރަމްޕް އަދި މެރިއޭންގެ ބޭބެގެ ދަރިކަނބަލުން މޭރީއެވެ. މޭރީ ވަނީ އޭނާގެ އާއިލާގެ ޒާތީ ވާހަކަތަކެއް ހިމަނައިގެން ލިޔުންތަކެއްވެސް ޝާއިއުކޮށްފައެވެ. މޭރީ ދެކޭގޮތުގައި އޭނާގެ ބޮޑުބޭބެ އަދި ކާފަ ވަނީ އޭނާގެ ބައްޕަޔައް ވަރަށް އިހާނެތިކޮށް ހިތާފައެވެ. މޭރީގެ ބައްޕަ ފްރެޑް ޓްރަމްޕް ވަނީ 1981ގައި ރަލުގެ އެޑިކްޝަންގެ ސަބަބުން ޖެހުނުބައްޔެއްގައި މަރުވެފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް އިންތިޚާބުގައި އެމެރިކާގެ ކުރީގެ ނައިބު ރައީސް އަދި މައި އިދިކޮޅުޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑަން ހޮވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކުރާާނެ ކަމަށް މޭރީ ވަނީ ބުނެފައެެވެ. އެމެރިކާގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރު ނޮވެންބަރު 03 ވަނަ ދުވަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.