ދާދިފަހުން ސްޕެއިންގެ ބާސެލޯނާއާ ގުޅުނު ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ކޮވިޑް 19 އަށް ޕޮސިޓިވް ވެއްޖެއެވެ. 

އާދިއްތަ ދުވަހު ބާސާއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ ކޮވިޑް 19 އަށް ޕޮސިޓިވްވި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ރަސްމީކޮށް ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ފެނިލުމަށް އޭނާ ބާސާއަށް ދަތުރުކުރާނީ މީގެ 15 ދުވަސް ފަހުން ކަމަށް އެ ކްލަބުން ބުނެފައިވެއެވެ. އޭނާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގައެވެ. 

ޕިޔަނިޗް ބާސާއާ ގުޅިފައިވަނީ އެޓީމަށް ކުޅުނު އަރުތުރު މެލޯ ޔުވެންޓަސްއަށް ދިނުމަށްފަހުއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޔުވެންޓަސްއާއެކު އިޓާލިއަން ސެރީއޭ ކާމިޔާބުކޮށްފައެވެ. 

މިދިޔަ 12 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް މުބާރާތެއް ކާމިޔާބުނުވޭ ބާސާއަށް ސީޒަން ނިމިފައިވާއިރު އަންނަ ސީޒަނުގެ ލަލީގާގައި އެޓީމު ކުޅޭ ފުރަތަމަ މެޗު ކުޅޭނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މިކަމުގެ ސަބަބުން ބާސާއިން ޕްރީ ސީޒަން ފަށަން ޖެހޭނީ އޭނާ ނުލައެވެ.

ޕިޔަނިޗް ވަނީ މީގެކުރިން ލިޔޯން އަދި ރޯމާއަށް ވެސް ކުޅެފައެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރުގައި 522 މެޗު ކުޅެ ވަނީ 73 ލަނޑު ޖަހާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *