ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސުޕަރ މޮޑެލް ކަމަށްވާ އެލެސެންޑްރާ އެމްބްރޯސިއޯ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. 

މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ރާއްޖެ އައިސްފައިވަނީ އާއިލާއެކު ކަމަށްވާއިރު އިންސްޓަގްރާމްގައި އެލަސަންޑްރާ ވަނީ އޭނާގެ 10.2 މިލިއަން ފޮލޯވަރުންނާ ރާއްޖޭގެ މަންޒަރުތައް ހިއްސާ ކޮށްފައެވެ. 

އެލެސަންޑްރާގެ ދެ ދަރިން ރިސޯޓުގައި އުޅޭ ވީޑިއޯ އަކާ އެކު އޭނާ ބުނެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ތިބުމަށްފަހު ރާއްޖެ އާދެވުނީމަ އެކުދިން ތިބީ ވަރަށް އުފަލުންކަމަށެވެ. އަދި ރާއްޖެ ސިފަކޮށްފައިވަނީ "ހޯމް' ގެ ގޮތުގައެވެ. 

ބްރެޒިލްއަށް އުފަން އެލެސަންޑްރާ ފާހަގަ ކޮށްލެވެނީ ކޮންމެ އަހަރަކު ބާއްވާ މަޝްހޫރު ވިކްޓޯރިޔާސް  ސީކްރެޓް ފެޝަން ޝޯގެ އެއްމެ ރީތި އެއް މޮޑަލްގެ ގޮތުގައެވެ. މީގެ އިތުރުން އޭނާ ވަނީ 60 އަށް ވުރެ ގިނަ އެކި މެގަޒިންތަކުގެ ކަވަރ ޕޭޖުންވެސް ފެނިގެން ގޮސްފައެވެ.

ދުނިޔޭގެ އަގުބޮޑު ގިނަ ބްރޭންޑްތަކެއްގެ އެމްބެސެޑަރުކަންވެސް ކުަރަމުން އަންނަ އެލަސަންޑްރާ އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އެލެސަންޑްރާ ޗުއްޓީ ހޭދަކުރަމުންދަނީ ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.