ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކަށް ފަރުވާދެމުން ގެންދާތީ މާލޭ ހޮސްޕިޓަލްތަކުގެ 62 ޕަސަންޓު ފުރިފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ރާއްޖޭގައި ބާރަށް ފެތުރެން ފެށުމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުން އެ ބަލި ކޮންމެވެސް މިންވަރަކަށް ކޮންޓްރޯލް ކުރެވުނެވެ. އެހެން ނަމަވެސް ލޮކްޑައުން އުވާލާ، ލުއިތައް ދިނުމާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެކަމާ ގުޅިގެން ނަޒްލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގައި ހުރި ކޮވިޑް ހޮސްޕިޓަލް އެނދުތަކުގެ ތެރެއިން 62 ޕަސަންޓު ފުރިފައިވާ ކަމަށެވެ. އެހެންކަމުން ހައި ރިސްކު ކެޓަގަރީގެ މީހުން ރައްކާތެރި ކުރުމަށްޓަކައި އެންމެންގެ އެހީ ބޭނުންވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 7000 އާ ގާތް ކުރަނީ އެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅުތައް އަލުން ވަރުގަދަ ކުރަން ފަށައިފަ އެވެ. އެގޮތުން މާލޭގައި ރޭނގަޑު 8:00 އިން ފަތިހު 5:00 އަކަށް ބޭރަށް ނިކުމެ އުޅުން މަނާ ކުރުމަށް ވަނީ ނިންމައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.