މާދަމާއިން ފެށިގެން މާލޭގައި ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން މަނާކޮށްފިއެވެ. މިއީ ކޮވިޑް-19 މާލޭގައި އަދިވެސް ފެތެރެމުންދާތީ އެޅި ފިޔަވަޅެކެވެ. 

މިރޭ ފުލުހުން އިއުލާން ކުރި ގޮތުގައި މާދަމާ ރެއިން ފެށިގެން 8:00 ން ފަތިހުގެ 5:00އާ ހަމައަށް މަގުތަކުގައި އަމިއްލަ ވެހިކަލް ދުއްވުން މަނާވާނެއެވެ. އެހެންނަމަވެސް ހުއްދަ ދެވިފައިވާ ޓެކްސީއަށް ދަތުރު ކުރެވޭނެއެވެ. ފިހާރަތަކުގެ ޑެލިވަރީ ފަދަ ކަންކަން ވެސް 8:00އާ ހަމައަށް ނިމޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. 

ރޭގަނޑު 8:00 އިން ފެށިގެން އެއްވެސް ގޮތަކަށް އެއްވެސް ހާލަތެއްގައި ވެހިކަލް ނުދެއްވޭނެ ކަމަށް ފުލުހުން ބުންޏެވެ. 

މިހާރު ވެސް މާލޭގައި 10:00 ން ފެށިގެން ފަތިހު 5:00 އަށް ގެންދަނީ ކާފިއު ހިންގަމުންނެވެ. އެ ފިޔަވަޅު ކުރިއަށް އޮތް ތަނުގައި ވެސް ދެމިގެންދާނެއެވެ. 

މާލޭގައި ކޮވިޑް-19 ކޭސްތައް ފެންނަ މިންވަރު އިތުރުވި ނަމަވެސް މިހާރު ވެސް މާލޭގެ މަގުތަކުގައި ވަރަށް ގިނަ މީހުން ހަރަކާތްތެރިވެއެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުގައި ވެހިކަލްތައް ގިނަކަން ފާހަގަވެއެވެ. ގިނަ މަގުތައް އޮންނަނީ ތޮއްޖެހިފައެވެ. 

ރޭގަނޑު 8:00 ން ފެށިގެން ވެހިކަލް ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމާފައެވެ. އެހެންކަމުން މާދަމާއިން ފެށިގެން މަގުތަކަށް ނުކުންނަ މީހުން މަދުވާނެ ކަމަށް ބެލެވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *