ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ޑިފެންޑަރު ބެން ޗިލްވެލްގެ ސޮއި ހޯދުމާއި ގާތަށް ޗެލްސީއިން ޖެހިލައިފިއެވެ.

ކުރިޔަށް އޮތް ސީޒަނަށް އޭނާ ހޯދުމަށް ޗެލްސީއިން 50 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އުމުރުން 23 އަހަރުގެ ޗިލްވެލް މިވަގުތު އިންޖަރީގައި ހުރި ނަމަވެސް އައު ސީޒަން ފެށުމުގެ ކުރިން އޭނާ ފިޓުވާނެ ކަމަށް ޗެލްސީއިން އުއްމީދުކުރެއެވެ. 

އައު ލެފްޓް ބެކެއް ހޯދުމަކީ ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް އެންމެ އަހަންމިއްޔަތު ކަމެއް ދީގެން ކުރަމުންދާ މަސައްކަތެވެ. މިހާރު އެ މަގާމަށް ކުޅެމުން އަންނަ މާކޯސް އަލޮންސޯގެ ކުޅުމާމެދު ލަމްޕާޑް ހިތްހަމަނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މިދިޔަ ފަސް އަހަރުގެ ތެރޭގައި ޗިލްވެލް ވަނީ 163 މެޗު ލެސްޓާއަށް ކުޅެދީފައެވެ. ލެސްޓާގައި އޭނާ ދެއްކި ކުޅުމާއެކު އޭނާއަށް ވަނީ އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބިގެން ގޮސްފައެވެ. 

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީއިން ވަނީ މިހާތަނަށް ދެ ކުޅުންތެރިޔަކު ގެނެސްފައެވެ. އެއީ އަޔަކްސްއަށް ކުޅުނު މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެކް އަދި ލީޕްޒީގަށް ކުޅުނު ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *