އިނގިރޭސިވިލާތުގެ ވިންގަރ ޖޭޑަން ސަންޗޯ އަދި އިތުރު އެއް އަހަރު ބޮރޫޝިއާ ޑޯޓްމަންޑްގައި މަޑުކުރާނެ ކަމަށް އެޓީމުގެ ޑިރެކްޓަރ ސެބެސްޓިއަން ކެލް ބުނެފިއެވެ. 

އުމުރުން 20 އަހަރުގެ ސަންޗޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޑޯޓްމަންޑްގެ ސީއީއޯ ހާންސް ޔޯކިމް ވަޓްޒްކޭ ވެސް ވަނީ އަންނަ ސީޒަނުގައި އޭނާ ޑޯޓްމަންޑަށް ކުޅޭނެ ކަމަށް ބުނެފައެވެ. ސަންޗޯ ވެސް ވަނީ ޑޯޓްމަންޑްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކެލް ބުނީ 2023 ވަނަ އަހަރާ ހަމަޔަށް ސަންޗޯގެ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި ކްލަބްގައި މަޑުކުރަން ސަންޗޯ ބޭނުންވާ ކަމަށެވެ. ޑޯޓްމަންޑްގައި މިވަގުތު އޮތީ ވަރަށް ޒުވާން މޮޅު ޓީމެއް ކަމަށާއި އެހެންކަމުން ކުރިޔަށް އޮތް ސީޒަނުގައި މުބާރާތްތަކެއް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ބުނެފައިވެއެވެ. 

2017 ވަނަ އަހަރު ޑޯޓްމަންޑާއި ގުޅުމަށްފަހު އޭނާ އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމަށް ކުޅުނު 99 މެޗުގައި އޭނާ ވަނީ 34 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ޖަރުމަނު ކަޕް ޑޯޓްމަންޑާއެކު ކާމިޔާބުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *