މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން އުޅޭކަމުގެ އިޝާރާތެއް ޑީއާރުޕީއިން ދީފިއެވެ.

އަދާލަތު ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ އިމްރާންގެ އިތުބާރު ގެއްލިފައިވާކަމަށް ޑީޕާރުޕީން ބުނެފައި ވަނީ ހޮނިހިރު ދުވަހުއެވެ. އިމްރާންގެ އިތުބާރު ގެއްލިފައި ވަނީ މަނީ ލޯންޑަރިންގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ގާނޫނީ ވަކީލުންނާއި ބައްދަލުކުރަން ފުރުސަތު ނުދެއްވާތީ ކަމަށް ޑީއާރުޕީއިން ވަނީ ބުނެފައެވެ.

ޖަލުގައި ތިބޭ ގައިދީންނާއި މެދު އެއް ހަމަޔަކުން އަމަލުކުރަން ޖެހޭއިރު ރައީސް ޔާމީންއަށް ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުދެއްވާތީ ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު ގެއްލިފައިވާ ކަމަށް ޑީއާރުޕީއިން ވަނީ ބުނެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި މެދު ސްޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެމަނިކުފާން މިނިވަން ކުރުމަށް ވެސް ޑީއާރުޕީން ވަނީ ގޮވާލާފައެވެ.

 ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރައްވާނަމަ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އިޝާރާތެއް ޑީއާރުޕީން މިދިނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އާއި ގުޅިގެން މަސައްކަތް ކުރަން ޑީއާރުޕީން މަސައްކަތް ފަށާފައި ވަނިކޮށެވެ.

ޑީއާރުޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްވެހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ޝާހިދުގެ ދިފާއުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ނުކުންނަވާފައެވެ.

ޝާހިދުއަށް ފުރިހަމަށް އިތުބާރު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ޝެއިހް އިމްރާންގެ ދިފާއުގައި އެއްވެސް ބޭފުޅަކު އެއްޗެއް ވިދާޅުފައެއް ނުވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *