ޔުއެފާ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ރެކޯޑް ހަވަނަ ފަހަރަކަށް ސްޕެއިންގެ ސެވިއްޔާއިން ހޯދައިފިއެވެ. 

ޖަރުމަނުގެ ކޮލޯންގައި އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ސެވިއްޔާއިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. 

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫއެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 34 ވަނަ ލަނޑެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލޫކް ޑިޔޮންގ ސެވިއްޔާއަށް ލަނޑެއް ޖަހައިދީ ނަތީޖާ އެއްވަރުކޮށްދިންއިރު އެޓީމުން ވަނީ 33 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވެސް ޑިޔޮންގއެވެ. ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު އޭގެ ދެ މިނެޓު ފަހުން ޑިއޭގޯ ގޯޑިން ވަނީ ލަނޑެއް ޖަހާ އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. 

ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ލުކާކޫ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 

މި މޮޅާއެކު އެންމެ ފަހުން ކުޅުނު 21 މެޗުން ވެސް ސެވިއްޔާ ބަލިވެފައެއް ނުވެއެވެ. އަދި މިއީ އެޓީމުގެ ކޯޗު ހޫލިއަން ލޮޕްތަޢީގެ ކޯޗެއްގެ ގޮތުގައި ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ. ފާއިތުވެދިޔަ 10 އަހަރު ވެސް އިންޓައަށް ތައްޓެއް ލިބިފައިނުވާއިރު ޔުރޮޕާ ލީގުގެ ފައިނަލް ސެވިއްޔާ ކުޅުނު ހަ ފަހަރު ވެސް އެޓީމުން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.