ކަރަންޓީން އުސޫލާ ހިލާފުވެގެން ގއ. ވިލިންގިލިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކަރަންޓީން އުސޫލާ ހިލާފުވެގެން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ހޯމް ކަރަންޓީންގައި ހުއްޓާ، ގެއިން ނިކުމެ ރަށު ތެރޭގައި އުޅުން ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. 

އެ މައްސަލާގައި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ގއ. ވިލިނގިލީ މެޖިސްޓްރޭޓުން ވަނީ ޖަހައިފަ އެވެ.

އެޗްޕީއޭގެ އުސޫލުތަކުގެ ދަށުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ ނަމަ އެ ރަށެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވާން ޖެހެ އެވެ. އަދި ބޭރަށް ނިކުމެ އުޅެވޭނީ އެ މުއްދަތު ހަމަވުމުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވްވީމަ އެވެ. 

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 6500 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އެ ބަލީގައި މިހާތަނަށް 26 މީހަކު ވަނީ މަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.