ސިފައިން ތަމްރީން ކުރާ މަރުކަޒު، ކ. ގިރިފުށިން 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ އޮފިޝަލަކު ވިދާޅުވީ ގިރިފުށިން ފުރަތަމަ ހަތަރު މީހަކު ޕޮޒިޓިވްވި ކަމަށާއި އޭގެ ފަހުން ފަސް މީހަކު ޕޮޒިޓިވްވި ކަމަށެވެ. އަދި މިއަދު އެ ރަށުން 26 މީހަކު ޕޮޒިޓިވްވި ކަމަށާއި ޖުމުލަ އަދަދު 35 އަކަށް އަރާފައިވާ ކަމަށެވެ. 

އެނގިފައިވާ ގޮތުގައި މިކަމާ ގުޅިގެން ގިރިފުށީގައި ކުރިޔަށް ދިޔަ ތަމްރީންތައް ވަނީ މެދުކަނޑާލައިފަ އެވެ. އަދި ބައެއް ސިފައިން ވަނީ ކަރަންޓީންކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެ އެވެ.

ނުރައްކާތެރި ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރެމުންދާއިރު ރާއްޖޭގައި ވެސް އެ ބަލި ވަރަށް ގަދައަށް ފެތުރެމުން އެބަދެ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަދު އެކަނިވެސް 200 އާ ގާތް ކުރާ އަދަދަކަށް ވަނީ މީހުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި މިހާރު ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ނިސްބަތުން ގިނައީ ދިވެހިންނެވެ. 

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ މި ވައިރަސް ޖެހިގެން މިހާތަނަށް ރާއްޖެއިން ވަނީ 26 މީހަކު މަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.