ފުލުހުންނަށް ހަމަލާ ދިނުމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަޔަރ ގްރީސްގެ ރަށެއް ކަމަށްވާ މައިކޮނޯސްގައި ހައްޔަރުކޮށްފިއެވެ. 

ގްރީސްގެ ފުލުހުން ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. ގްރީސްގެ ފުލުހުންގެ ތަރުޖަމާނު ބޭރުގެ މީޑިއާތަކަށް ބުނެފައިވަނީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް ދިޔަ ފުލުހުންތަކަކަށް އަނގަ ބަހުން އިންޒާރު ދިނުމަށްފަހު ހަމަލާ ދީފައިވާ ކަމަށެވެ. ހަމަލާ ދިނުމާއެކު ތިން މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ބިންމައްޗަށް ވައްޓާލައިގެން ކަމަށް އޭނާ ބުނެފައިވެއެވެ. 

އިނގިރޭސި ބަހުން ފުލުހުންނާއި ދިމާލަށް ހަޑި އެއްޗެހި އޭނާ ކިޔާފައިވާ ކަމަށާއި އެ ތިން މީހުން ވެސް މައިކޮނޯސްގެ ފުލުހުންގެ އިދާރާގައި ހައްޔަރުކުރެވިފައިވާ ކަމަށް ތަރުޖަމާނު ވަނީ ބުނެފައެވެ. 

މިކަމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި އެ ކްލަބުން ބުނީ ފުލުހުންނާއި މެގުއަޔަރ އާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގިކަން އެ ކްލަބަށް އެނގިފައިވާ ކަމަށާއި މެގުއަޔަރ ދަނީ ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދެމުން ކަމަށެވެ. 

ޔުރޮޕާ ލީގުގެ ސެމީ ފައިނަލުން ކެޓުމާއެކު ޔުނައިޓެޑްގެ ކުޅުންތެރިންނަށް ދެ ހަފްތާގެ ޗުއްޓީއެއް އެ ކްލަބްގެ ކޯޗު ވަނީ ދީފައެވެ. ގްރީސްއަކީ ދަތުރުކުރުމަށް ރައްކާތެރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގައުމެކެވެ. އެހެންކަމުން ޗުއްޓީ ނިންމާލުމަށްފަހު މެގުއަޔަރ ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. 

ލެސްޓަރ ސިޓީ ދޫކޮށް އޭނާ ޔުނައިޓެޑާއި ގުޅުނީ މިދިޔަ ސީޒަނުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *